twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުމުންދޫ ނޭޗާ ޕާކް ހިމެނޭ ސަރަހައްދު ހިމާޔަތްކޮށްފި

ނަބީލާ އިސްމާޢީލް
Dec 15, 2020

ހދ ކުމުންދޫ ޒުވާނުން އެރަށުގެ ކުޅީގައި ތަރައްގީކޮށް ކައުންސިލާއި ހަވާލުކޮށްފައިވާ ނޭޗަރ ޕާރކް ހިމެނޭ ސަރަހައްދު ހިމާޔަތް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކުމުންދޫ ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނޭޗަރ ޕާކް "ވެހިސަރާ" ހިމެނޭ 330447 އަކަފޫޓްގެ ސަރަހައްދު ހިމާޔަށްކުރުމަށް ނިންމާފައިވަނީ އެކައުންސިލްގެ 3 ވަނަ ދައުރުގެ 141 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

ކައުންސިލުން ބުނީ އެ ސަރަހައްދު ހިމާޔަތް ކުރަން ނިންމާފައިވާތީ އެ ސަރަހައްދުގައިވާ އަމިއްލަ މީސްމީހުންގެ ބޮނބިއޮޅު އަދި އެ ސަރަހައްދަށް އަޅާފައިވާ ލަކުޑީގެ ބާވަތްތައް ފަތަ ތަކެތި އަނަ އަހަރުގެ މާޗު 09 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެ އިދާރާއިން އަންގާ ކަމުގަ އެވެ.

މިމުއްދަތުގެ ތެރޭގައި ނުނަގާހުންނަ ތަކެތި އެކައުންސިލުން ހަދާފައި އުސޫލުގެތެރެއިން ނައްތާލެވޭނެކަމަށާއި އަދި އެސަރަހައްދުގައި ހެދިފައިހުންނަ އެކިބާވަތްބާވަތުގެ ގަސްގަހާގެހި އެކައުންސިލްގެ ހުއްދަނެތި ނުކެނޑުމަށް އިލްތިމާސްކުރާކަމަށެވެ.

ކުރެވި ޖަމިއްޔާގެ ދަށުން ހިންގާ ޒީރު ސްޕޯޓްސް އިސްނަގައިގެން ތަރައްގީކުރި މި ނޭރޗާ ޕާރކް ހެދުމަށް ގާތްގަނޑަށް 2 ލައްކައެއްހާ ރުފިޔާ ހަރަދުވެފައިވެ އެވެ. ނޭޗަރ ޕާރކް ހުޅުވައި ކައުންސިލާ ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހު 5 ވަނަ ދުވަހު އެވެ.

ކުޅީގެ މެދުގައި 12 ފޫޓު 12 ފޫޓުގެ ހަޓެއް އަޅާފައިވާއިރު ހަޓަށް ދިޔުމަށް އަޅާފައިވާ ލަކުޑި ފާލަމުގައި 60 ވަރަކަށް ފޫޓު ހުންނާނެ އެވެ. އަދި ކުޅީގެ އެއްކޮޅުން އަނެއްކޮޅަށް ދިޔުމަށް 12 ވަރަކަށް ފޫޓްގެ ބުރިޖެއްވެސް އަޅާފައިވާއިރު އުނދޯންޏަކާއި ލަކުޑިން ތައްޔާރުކޮށްފައިވާ ބެންޗުތައްވެސް އެތަނުގައި ބަހައްޓާފައިވެ އެވެ.

ކެނޯ ދުއްވާލެވެނެހެން ހަދާފައިވާ މިތަން ތައްޔާރުކޮށްފައިވަނީ ލައިޓްހަރުކޮށް ރޭގަނޑުވެސް ބޭނުންކުރެވޭނެ ގޮތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355