twitterviber whatsapp telegramfacebookyoutube instagram
6th April 2025
ADVERTISEMENT
މާފަލު ހިޔާގެ ރޯހައުސްތަކުގެ މަރާމާތު ނިންމާލާފައި--ކޭއޯފޮޓޯ

ވީރާނާވާން ދޫކޮށްލި ރޯހައުސްތައް މަރާމާތުކޮށް ނިންމާލައިފި، ޖެނުއަރީގައި ހަވާލުކުރަނީ

އަބްދުލް ވާހިދު ޙަސަން
Dec 16, 2020
5

ކުރީގެ ސަރުކާރުތަކުން ވީރާނާވާން ދޫކޮށް، މާފަލު ހިޔާގެ ރޯހައުސްތައް މަރާމާތުކޮށް ނިންމާ އަންނަ ޖެނުއަރީމަހު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް ހައުންސިންގ އިންފުރާސްޓްރަކްޗަރ އިން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ، މާފަލު ހިޔާގައި މި ރޯހައުސްތައް ހަދަން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެހެންނަމަވެސް އެ މަސައްކަތްތައް އެ ވެރިކަމުގެ ނިންމާލެވިފައެއް ނުވެ އެވެ. ފަހުން އައި ދެ ވެރިކަމުގައި އެ ތަން ނިމުނުނަމަވެސް އެ ރޯހައުސްތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިނުވުމުގެ ސަބަބުން އެތަންތަން ވީރާނާވެ، ތަނުގެ ހުރި ތަކެތި ވަގަށް ނަގައި މުޅި ތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ ވިރާނާވެފަ އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މި 40 ރޯހައުސް މަރާމާތުކުރުމަށް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކުރީ މިއަހަރުގެ މާރޗުމަހުގެ ތެރޭގައި އެވެ. އެ ކޯޕަރޭޝަނާ ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. ފެނަކައިން ޓިކްޓެކް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު މިހާރު ނިންމާލެވިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ޓިކްޓެކް ކުންފުންޏާ ފެނަކައިން ހަވާލުކޮށްފައިވަނީ 11 މިލިއަން ރުފިޔާއަށް 90 ދުވަސްތެރޭގައި ނިންމުމަށެވެ. އެހެންނަމަވެސް ކޮވިޑާ ހެދި މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އައި އެވެ.

ކޭއޯއިން ސުވާލުކުރުމުން ޕްލޭނިންގ މިނިސްޓްރީން ބުނީ، ރޯހައުސްތަކުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށާ އެ ރޯހައުސްތައް ހަވާލުކުރުމަށްޓަކާ ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި އަންނަ ޖެނުއަރީމަހު ހަވާލުކުރެވޭތޯ ދަނީ މަސައްކަތްކުރަމުން ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ބުންޏެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެކެވެ. ވެލިގަނޑުގައި ހުރި އިމާރާތްކުރަން ފަށާފައިހުރި ރޯހައުސްތައްވެސް މަރާމާތުކުރުމަށް ވަނީ ބަޖެޓްކުރެވިފަ އެވެ.

ނަން
ކޮމެންޓް
ހަސަނު
ކައުންސިލުން މަޢުލޫމަަތު ފޮނުވުން ލަސްވެގެން ހަވާލު ނުކުރެވި ލަސްވީ ކަމަށް ކިޔާ އަޑު އެހިން.
ޢަހުމަދ
ސުވާލަކީ އޭރުގަ ތިޔަ ތަންތަން މިހުންނާ ހަވާލު ކުރި ނަމަ މިއަދު ޓިނު ފޫނުގޮސް ހުންނާނެހޭ.. ޓިނު ފޫދާނީ ފެންވަރު ދައްކޮށް ހަދާފަ ހުރީމަ
ރަސްގެފާނު
ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް މިސަރުކާރަށް އަދި އެއްވެސްކަމެއްކޮށެއްނުދެވޭ. ނިމިފައިހުރި ތަނެއްގައި ކުޑަމަރާމާތެއްކުރުމަށް 23 މިލިޔަނަށް ފެނަކައަށް ފެނަކައިން 11 މިލިޔަނަށް ޓިކްޓޮކަށް އެތަނުން އަނެއްކާ ޑޮންބޭޒް ކިޔާބަޔަކަށް ސަބްކޮންޓްރެކްޓަށް ދީގެން ތިޔަތަން ނިންމަން 9 މަސްދުވަސް ނަގައިފި. ކިހާވަރެއްބާ ތިޔަތަނުގެ މަސައްކަތަށް ޚަރަދުކޮށްފައި ހުންނާނީ. ލަފާކުރެވޭގޮތުން 5 މިލިޔަން ރުފިޔާވެސް ނުހުންނާނެ އިމާރާތަށް ޚަރަދުވެފައެއް. މިއިންވެސް ލާރިގަނޑެއް ކާލިބަޔަކު ކައިފައިހުންނާނެދޯ. ވެލިގަނޑުގައި ހުރިތަންތަން އަންނަމަހު އަންނަމަހު އަންނަމަހު މަރާމާތަށް ހަވާލުކުރާނެކަމަށް ކިޔަމުންދަނީ. ޔާސިރުއާއި ޖަމްސީދު ވެއްޖޭނުން އަސްލަމުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން. އެހެންނޫނީ ތިޔަ ދެމެންބަރުންނަށް ދެވަނަ ދައުރެއް ދެވޭކަށް ނޯންނާނެ.
ޙަސަން
ތިޔަ ތަންތަން އަލުން ހަލާކުވަންދެން ގެތަކުގެ ވެރިންނަށް ނުދީއަނެއްކާވެސް ބަހައްޓަން ހައުސިންގ މިނިސްޓްރީ ގެ ވިސްނުން ތިޔަހުރީ. އެހެންޏާ މިހާރު ތިޔަ ތަންތަން ހަވާލުކުރުން ތިޔައޮތީ އިބިލީހު ކައިވެންޏަށްވެފައި! ފުރަތަމަ ނޮވެމްބަރު 22ށް ދެން ޑިސެމްބަރ 18ށް މިހާރު އަންނަ އަހަރު ޖެނުއަރީގައި. ބޯހަލާކު
އައްބެ
ތިޔަތަން ހަވާލުކުރެވޭނެއިރެއް އަދިވެސް ނޭނގޭ. އަންނަމަސް އަންނަ ހަފްތާ މިގޮތައްދަނީ. މަރާމާތުކުރިތަންތަނުން ފެންލީކުވާކަމަށް އެކަމުގައި އުޅުނު މީހަކު މަކަރީގައިބުނި. ތިތަނާއި ހަވާލުވާކުދިން ރަނގަޅަށް ބަލާފައި ހަވާލުވާތި. ނޫނީ ޖެހޭނީ ރޯހައުސްގައި ރޯން ޠާހިރުނުވެވިގެން،
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com