އޭޑީބީގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުޅުދުއްފުށީގައި ތަރައްގީކުރި ބަނދަރު ނިމުނުއިރު އެތަން އޮތް ހާލަތާމެދު، އެމްޑީޕީ ޓިކެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މީސް މީޑިޔާގައި އާންމު ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ލޯކަލް ބަނދަރު އަލަށް ހެދި ބައި އޮތީ ނުހަނު ކަންބޮޑުވާ ހާލަތެއްގައި ކަމަށާއި، ބަނދަރު ފަރުމާ ކުރި ގޮތުން ލަކުޑި ފާލަންތައް އޮތް ސަރަހައްދު ވެލި އެޅި ތިލަވެފައިވާ ކަމަށެވެ. އަދި ލަކުޑި ފާލަންތަކުގެ ފެންވަރުވެސް ދަށްކަމަށާއި ދާދި އަވަހަށް ބޭނުން ނުކުރެވޭ ހާލަތަށްދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެން ކަމުން ކަމާ ގުޅޭ މާހިރުންގެ ލަފަޔާއެކު ބަނދަރު ތެރެޔަށް ވެލިއަރާ މައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށާއި ފާލަންތައް ދާއިމީ ގޮތެއްގައި ދިގު މުއްދަތަށް ބޭނުން ކުރެވޭނޭ ގޮތަކަށް އަލުން ފަރުމާ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށް އާތިފް ވިދާޅުވި އެވެ.
"ސަރުކާރުން ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތައް ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި ދެވިގެންނުވާނެއާތިފް ވިދާޅުވި އެވެ.
އެހެން ކަމުން ކަމާ ގުޅޭ މާހިރުންގެ ލަފަޔާއެކު ބަނދަރު ތެރެޔަށް ވެލިއަރާ މައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށާއި ފާލަންތައް ދާއިމީ ގޮތެއްގައި ދިގު މުއްދަތަށް ބޭނުން ކުރެވޭނޭ ގޮތަކަށް އަލުން ފަރުމާ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށް އާތިފް ވިދާޅުވި އެވެ.
އެގޮތުން ތަނަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް ދެނެގަނެ ކަމާގުޅޭ ވުޒާރާތަކަށާއި އިދާރާތަކަށް ކޮންޓްރެކްޓާއާ މަޝްވަރާކުރެވި އެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދުމަށް ކައުންސިލުން ކުރެވެން ހުރި ހުރިހާ މަަސައްކަތެއް ކުރުމަށް ވަނީ ގޮވާލާފައެވެ.
އާތިފް ވިދާޅުވީ ސަރުކާރުން ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތައް ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި ދެވިގެންނުވާނެ ކަމަށެވެ. މި ބަނދަރުގެ މަސައްކަތް ނިމިފައިވާކަން މިހާރު ވަނީ އެމްޓީސީސީން އިއުލާންވެސް ކޮށްފަ އެވެ.
ކުޅުދުއްފުށީ ބަނދަރުގެ މަޝްރޫއުގެ ދަށުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ހިއްކައި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތް ކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 129.5 މިލިއަން ރުފިޔާއެވެ. ނަމަވެސް މަޝްރޫއު ނިމުނު އިރު 137.6 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.