twitterviber whatsapp telegramfacebookyoutube instagram
26th April 2024

މާޔޫސްވިޔަކަ ނުދޭނަން، ވައުދުތައް ފުއްދައި ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭނަން: އާތިފް

އަބްދުލް ވާހިދު ޙަސަން
Apr 14, 2021
5

ވައުދުތައް ފުއްދައި ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދީ، ކުޅުދުއްފުށި ސިޓީއަށް އާ މުސްތަގުބަލެއް ބިނާކުރުމުގެ މަސައްކަތްކުރާނެކަމުގެ ޔަގީންކަން އިންތިހާބީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް ޝުކުރުއަދާކުރައްވައި އާތިފް ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާސްކަމެއް ނެތި ފުދުންތެރި ރައްޔިތެއް ދިރިއުޅޭ އަމާން ވެއްޓެއް ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ހިދުމަތްތައް ބިނާވެފައިވާ ޒަމާނީ ފެހި ސިޓީއަކަށް ހެދުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަ ބޭފުޅުން މާޔޫސްވިޔަކަ ނުދޭނަން. އަޅުގަނޑުމެން ވެފައިވާ ވައުދުތައް ފުއްދާ، ތިޔަ ބޭފުޅުންގެ އުއްމީދުތައް ހާސިލު ކޮށްދީ، ކުޅުދުއްފުށި ސިޓީގެ އާ މުސްތަޤުބަލެއް ބިނާ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ކަމުގެ ޔަޤީންކަން އަރުވަން. އަދި ހާސްކަމެއް ނެތި، ފުދުންތެރި ރައްޔިތެއް ދިރިއުޅޭ، އަމާން ވެއްޓެއް ގާއިމު ކުރެވިފައިވާ، އަދުގެ ޓެކްނޮލޮޖީގެ މައްޗަށް ޚިދުމަތްތައް ބިނާވެފައިވާ ޒަމާނީ ފެހި ސިޓީއެއްގެ ގޮތުގައި އަޅުގަނޑުމެންގެ މި ފަހުރުވެރި ކުޅުދުއްފުށި ސިޓީ ތަރައްޤީ ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަރުވަން." ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއަށް މި އިންތިހާބުގައި މިހާ ފުރިހަމަ ކާމިޔާބީއެއް ހޯދައިދިނުމުގައި އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ވަރުބަލިކަމެއް ނެތި ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ކެމްޕެއިން ޓިމު ކުރި ހިތްވަރުގަދަ މަސައްކަތަކީ ކާމިޔާބީއާހަމައަށް ވާސިލުވުމަށް މުހިއްމު ދައުރެއް އަދާކުރި ބައެއް ކަމަށާ އެހެންވެ އެ ޓީމަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައިވެ އެވެ.

އިތުބާރުކޮށް އޭނާއަށް ވޯޓްދެއްވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރުއަދާކުރައްވަމުން އާތިފް ވިދާޅުވީ، އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ފަރާތުން ލިބިލެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށްވެސް އާތިފް ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355