twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރަކަށް އާތިފް

Apr 10, 2021
9

ކުޅުދުއްފުށި ސިޓީއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ މޭޔަރު ކެންޑިޑޭޓް މުހައްމަދު އާތިފް، މިހާތަނަށް ގުނި ފޮށިތަކުން ކުރި ހޯދައްވައިފި އެވެ.

އާތިފްއާއެކު މޭޔަރުގެ ގޮނޑިއަށް އިތުރު ތިން ބޭފުޅަކު ވާދަކުރެއްވި އެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި އަބުދުﷲ އިގްބާލާއި އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓެކެވެ. އާދަމް ޝަރީފާއި އަހުމަދު ސައީދެވެ.

މިހާތަނަށް ނަތީޖާ ލިބުނު ފޮށިތަކަށް ބަލާއިރު އާތިފަށް ލިބިލެއްވީ 1696 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވީ އަބުދުﷲ އިގްބާލަށް ލިބިލެއްވީ 1132 ވޯޓެވެ. އާދަމް ޝަރީފަށް 109 ވޯޓް ލިބިލެއްވިއިރު އަހުމަދު ސައީދަށް ލިބިލެއްވީ 107 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355