twitterviber whatsapp telegramfacebookyoutube instagram
7th July 2026

އުރީދޫއިން މާލެއަށް 5ޖީގެ ހިދުމަތް ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Dec 20, 2020

އުރީދޫ މޯލްޑިވްސް އިން މާލެ ސިޓީއަށް 5ޖީ އަދި 5ޖީ ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ލޯންޗުކޮށްދެެއްވީ ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އުދީދޫގެ 5ޖީ ހިދުމަތާއެކު އިންޓަނެޓް އަދި ސެލިޔުލާ ހިދުމަތް މިހާރަށްވުރެ ފަސޭހަ ކަމާއެކުު، އަވަސްކަމާއެކު ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީ ނަޖީބްހާން ވިދާޅުވީ ކޮވިޑް19ގެ ހާލަތާއެކު އޮންލައިންކޮށް ހޯދާ ހިދުމަތްތައް ގިނަވި ކަމަށާއި އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވިކަމަށެވެ.

އުރީދޫ އިން މަސައްކަތް ކުރާނީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. 5ޖީގެ ހިދުމަތަކީ 4ޖީ އަށްވުރެ 10 ގުނަ އަވަސް ޓެކްނޮލަޖީ އެކެވެ.

އޭނާ ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު މި ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތް ލިބޭނެ އިތުރު ޑިވައިސްތައް ތައާރަފު ކުރާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އުރީދޫ އިން ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް 5ޖީ ބްރޯޑްބޭންޑު ހިދުމަތްވެސް ތައާރަފުކޮށްފައެވެ. މި ހިދުމަތް ތައާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355