twitterviber whatsapp telegramfacebookyoutube instagram
31st October 2025

ބިދޭސީން ޓީޗަރުންގެ ބަދަލުގައި ދިވެހިން ހޯދަން އިއުލާންކޮށްފި

ޚަދީޖާ އާދަމް
Dec 22, 2020

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޓީޗަރުން ހޯދަން އިއުލާނުކޮށްފި އެވެ. އިއުލާންކޮށްފައިވަނީ

ޓީޗަރުންގެ ގޮތުގައި ތިބި ބިދޭސީންގެ މަގާމުތަކަށް ސިވިލް ސާވިސްގެ އުސޫލާ އެއްގޮތަށް ދިވެހިން ހޯދުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ 212 ސްކޫލަށް ޓީޗަރުން ހޯދުމަށް މިއަދުގެ ނިޔަލަށް އިއުލާންކުރުމަށް ހުރިހާ ސްކޫލަކަށް އަންގާފައިވާ ކަމަށެވެ.

މި އަހަރު ރާއްޖޭގައި މަސައްކަތްކުރި ބިދޭސީން ޓީޗަރުންގެ އަދަދު 2،000 އަށްވުރެ ގިނަ އެވެ. ރާއްޖެއަށް ބިދޭސީ ޓީޗަރުން ހޯދަނީ ދިރާސީ އަހަރަކަށެވެ. އެކަމަކު ކޮވިޑުގެ ސަބަބުން ދިރާސީ އާ އަހަރު ފެށުން އޮގަސްޓް 10، 2021 އަށް ބަދަލުކުރުމުން އެ ޓީޗަރުންގެ ކޮންޓްރެކްޓް ވަނީ އާކޮށްފަ އެވެ.

މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ މަހުގެ 10 ގައި، މި އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355