twitterviber whatsapp telegramfacebookyoutube instagram
9th August 2026

ތިނަދޫގައި ސަރަހައްދީ ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Dec 23, 2020

ގދ. ތިނަދޫގައި ސަރަހައްދީ ބަނދަރެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފި އެވެ.

އިއްޔެ ހަވީރު ތިނަދޫގައި ބޭއްވިރަސްމިއްޔާތެއްގައި މަސައްކަތުގެ އެގްރިމެންޓުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ.

ތިނަދޫ ޕޯޓު ގާއިމްކުރުމަށް އެރަށުން އެއްލައްކަ އަށްހާސް އަކަފޫޓުގެ ބިމެއް ވަނީ އެރަށު ކައުސިލުން އެމްޕީއެލް އަށް ވަނީ ދީފައެވެ.


ފަނަރަ މިލިއަން ރުފިޔާގެ އެ މަސައްކަތް އެމްޓީސީސީ އަށް ހަވާލު ކުރީ 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން އެރަށުގެ 4،500 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 3،000 އަކަމީޓަރުގެ ޕޭވްމެންޓް ޖެހުމުގެ އިތުރުން ސްޓޯމް ވޯޓާ ސިސްޓަމެއް ގާއިމުކުރުމާއި ޕޯޓް ސަރަހައްދުގައި ފެންސު ޖެހުންވެސް ހިމެނެއެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޕޯޓަށް ބޭނުންވާ ގުދަން ހެދުމާއި އެޑްމިނިސްޓްރޭޓިވް އިމާރަތް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެ ހަފްތާ އެއް ތެރޭ އެމްޓީސީސީ އާ ހަވާލު ކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355