twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވިލާ ކޮލެޖު ޖެނުއަރީ އިންޓޭކް ކޯސްތަަކަށް ވަނުމުގެ މުއްދަތު އިތުރުކޮށްފި

ޚަދީޖާ އާދަމް
Dec 26, 2020

ވިލާ ކޮލެޖު ޖެނުއަރީ އިންޓޭކުގައި ފަށާ ކޯސްތަކަށް ވަނުމުގެ މުއްދަތު އިތުރުކޮށްފި އެެވެ.

ޖެނުއަރީ އިންޓޭކްގައި 100 އަށް ވުރެ ގިނަ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައިވާއިރު ކޯސްތަކަށް ވަނުމުގެ މުއްދަތު އިތުރުކޮށްފައިފަނީ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

އަންނަ އަހަރުގެ ޖެނުއަރީގައި މުޅިން އަލަށް 3 ކޯހެއްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބެޗްލަރ އޮފް ޓީޗިން ޕްރައިމަރީ އެންޑް އިންކުލޫސިވް އެޑިއުކޭޝަން، ޕޯސްޓް ގުރުޖުއޭޓް ސެޓްފިކެޓް އޮފް ޓީޗިން އިން ހަޔަރ އެޑިއުކޭޝަން އަދި މާސްޓާ އޮފް އާޓްސް އިން ހިއުމަން ރިސޯސް މެނޭޖުމެންޓެވެ.

މީގެ އިތުރުން ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުން 2021 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ހާއްސަކޮއްގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކޯސްތަކުގެ ތެރޭގައި ސެޓުފިކެޓު 4 އިން އިންފޮމޭޝަން ޓެކްނޮލޮޖީ، ފައުންޑޭޝަން އިން ޓީޗިން، ބީ.އެސް.ސީ ނާސިންގ، ބެޗެލާސް އޮފް އާޓްސް ބިޒްނަސް އެންޑް ހިއުމަން ރިސޯސް މެނޭޖްމެންޓް، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ އަދި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.

މިކޯސްތަކަށް ވިލާކޮލެޖުގެ ވެބްސައިޓްއިން އޮންލައިން ކޮށް އެޕްލައިކޮށްލެވޭނެއެވެ. ވިލާ ކޮލެޖުގެ ކޯސްތަކަކީ ވާޗުއަލްކޮށް ކިޔަވާދޭ ކޯސްތަކެއް ކަމުން އަމިއްލަ ރަށުގައި ތިބެގެންވެސް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ.

ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖް ވެބްސައިޓްގެ އިތުރުން ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 ގުޅުއްވާ މައުލޫމާތު ސާފުކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355