twitterviber whatsapp telegramfacebookyoutube instagram
9th August 2026

ބޯޑަރު އަލުން ހުޅުވާލި ފަހުން ވީއައިއޭ އެންމެ ބާރު ބޮޑުވާނީ މިއަދާ މާދަމާ

ނަބީލާ އިސްމާޢީލް
Dec 26, 2020

މިއަދާ މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ބާރުބޮޑުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ ކޮވިޑް-19 އަށް ފަހު ބޯޑަރު އަލުން ހުޅުވާލި ފަހުން އެއާޕޯޓް ޓްރެފިކް އެންމެ ބާރު ބޮޑުވާނީ މިއަދާއި މާދަމާ ކަމަށެވެ. މި ދެ ދުވަހު ރާއްޖެއަށް ގިނަ އަދަދެއްގެ ފްލައިޓުތައް އައުމަށް ޝެޑިއުލްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ފަސިންޖަރުން މި ފްލައިޓުތަކުގައި ރާއްޖެއަށް އަންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.


އެމްއޭސީއެލް އިން ބުނީ ވީއައިއޭއަށް ބާރުބޮޑުވާއިރު، ހުރިހާ އޮޕަރޭޝަނެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 5،674 މީހުން ރާއްޖެ އައިސްފައި ވެއެވެ.

އެމްއޭސީލުން ހާމަކުރާގޮތުގައި މިދެދުވަހުގެ ތެރެއިންވެސް މާދަމާ ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓަށް އަންނަ ފްލައިޓުތަކާއި އަންނަ ފަތުރުވެރިންގެ އަދަދުވަރަށް ބޮޑަށް އިތުުވެގެންދާނެއެވެ. މިއާއެކު ބޯޑަރު ހުޅުވާލިފަހުން ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އާ ރެކޯޑެއް ހެދުމުގެ ފުރުސަތު ބޮޑެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ އަހަރުގެ ބަކީ އޮތް ދުވަސްތަކުގައި 40،000 ހައި ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355