twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރާއްޖެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ: ރައީސް

Dec 27, 2020
1

ރާއްޖޭގެއަށް ބޭނުންވާ ވަރަށް ކޮވިޑް-19 ގެ ވެކްސިން ލިބޭނެ ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެކްސިން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ދެއްވައިފި އެވެ.

އެޗްއީއޯސީން ވެކްސިން ހޯދުމުގެ މަސައްކަތުގައި އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖަހަން ފެށުމަށެވެ.

މި އަހަރުގެ ގައުމީ އިނާމު ދިނުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އާބާދީގައި 500،000 މީހުން ތިބި ރާއްޖެ އަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދަމުން އަންނަ ކަމަށާއި އެކަން ހަމަޖެހޭނެ ކަމަށެވެ.

އަދި ކޮވިޑް-19އާ އެކު ޓޫރިޒަމް ހުއްޓި އިގްތިސާދީ ގޮތުން އެންމެ ބޮޑު އަސަރެއް ރާއްޖެ އަށް ކުރި ނަމަވެސް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމުގެ އުއްމީދު އާވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށް ގެންދާ "ކޮވެކްސް" ޕްރޮގްރާމުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެ ކުރިން ބުނެފައި ވެއެވެ.

އެގޮތުން 2021 އަހަރުގެ ފުރަތަމަ ކުއާޓާގައި ވެކްސިންދިނުމަށް އަމާޒުހިފާފައިވީ ނަމަވެސް ވެކްސިން ދެވޭނެ ސީދާ ތާރީހެއް ނެނގެއެވެ. ވެކްސިން ދިނުމަށް ހަމައެކަނި ކޮވެކްސް ޕްރޮގްރާމަށް ބަރޯސާނުވާނެ ކަމަށާއި

އެހެން ގޮތްގޮތުން ވެސް ވެކްސިން ޔަގީންކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށް ބޭތިއްބުމުގައި ސިއްހީ ދާއިރާ އާއި އެހެން ދާއިރާތަކުން އިސްކޮށް މަސައްކަތް ކުރަމުން އަންނަ މީހުންގެ ހިދުމަތަށް ރައީސް ރޭ ވެސް ޝުކުރު އަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355