އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖެ އެތެރެކުރުން މަނާކުރާނެ ބާވަތްތަކެއް ސަރުކާރުން އިއްޔެ ވަނީ އިއުލާންކޮށްފައި ވާއިރު ރާއްޖޭގައި އުފެއްދުން ވެސް ކުރިއަށް އޮތް ތިން އަހަރު ތެރޭ މަނާކުރާނެ އެވެ.
ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ރާއްޖެ އިން ހުއްޓާލުމުގެ އަމާޒު ހާސިލްކުރަން އޮތީ 2023ގެ ނިޔަލަށެވެ.
ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ޕްލާސްޓިކުގެ ތެރޭގައި
ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި ލުއި ބުއިންތައް ހިމެނޭއިރު ރާއްޖޭގައި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން އުފައްދާ ފެނަކީވެސް ދިވެހިން އާންމު ދިރިއުޅުމުގައި ބޭނުންކުރާ އެއްޗެކެވެ.
އެހެން ކަމުން 2023 ގެ އަމާޒު ހާސިލް ވެވެން އޮތީ ރާއްޖޭގައި އުފައްދާ ޕްލާސްޓިކް ވެސް އުދެއްދުން ހުއްޓާލެވިގެންނެވެ.
"މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ވިދާޅުވީ ވަކި ތާރީހުތަކަކުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ބާވަތްތައް ރާއްޖޭގައި އުފެއްދުން ވެސް މަނާކުރާނެ އެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ތަންފީޒުކުރަން ފަށާނީ އިމްޕޯޓު މަނާކުރަން ކަނޑައަޅާފައިވާ މުއްދަތުތަކާ ތަފާތު ތާރީހުތަކެއްގައި ކަމަށެވެ. އަދި މިކަން ތަންފީޒް ކުރަމުންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށްވެސް މިނިސްޓްރު ވިދާޅިވި އެވެ.
ނާއި ލުއި ބުއިން ހިމެނޭ ގޮތަށްބަންދުކޮށްފައި ހުންނަ ޕްލާސްޓިކް (ޕީއީޓީ) ފުޅީގެ ތެރެއިން އެތެރެކުރުން ފުރަތަމަ މަނާކުރަނީ، އަންނަ ޖޫން 1 އިން ފެށިގެން. 500 މިލިލީޓަރަށް ވުރެ ކުދި ފުޅި އެވެ. ސީދާ 500 އެމްއެލްގެ ފުޅި އެ ތާރީޚުގައި މަނާވާނެ ކަމަކަށް ރައީސްގެ ގަރާރަކު ނެތެވެ.
އެކަމަކު ޑިސެމްބަރު 1، 2023 އިން ފެށިގެން އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި އިމްޕޯޓްކުރުން މަނާކުރާނެ އެވެ.
އެހެންކަމުން ރާއްޖޭގައި އުފައްދާ ޕްލާސްޓިކް ފެން ފުޅީގެ ތެރެއިން ވެސް މަނާކުރާނެ ކަމަށް ބެލެވެނީ އެއް ލީޓަރާއި އެއަށް ވުރެ ކުދި ފުޅި އެވެ. ލުއި ބުއިމެއް ނަމަ 500 އެމްއެލް އަށް ވުރެ ކުދި ޕްލާސްޓިކް ފުޅި އެވެ.
އެންމެ އާއްމުކޮށް ފެން ވިއްކާ ކުޑަ އެއް ސައިޒު ކަމަށްވާ 1.5 ލީޓަރުގެ ފުޅި މަނާކުރާކަށް ޕްލާސްޓިކުގެ ޕްލޭނަކު ނެތެވެ.