twitterviber whatsapp telegramfacebookyoutube instagram
5th January 2026

ސައްހަ ލިއުންނެތި އުޅޭ 9000 ވުރެ ގިނަ ބިދޭސިން އަނބުރާ ގައުމަށް ގޮސްފައިވޭ

ޚަދީޖާ އާދަމް
Dec 31, 2020

ސައްހަ ލިޔެކިއުން ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން މޯލްޑިވިއަންއިން ބާއްވާ ރެޕަޓްރިއޭޝަން ދަތުރުތަކުގައި މިހާތަނަށް 9633 މީހުން އަނބުރާ ބަންގްލަދޭޝްއަށް ގޮސްފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

އެނބުރި ގައުމަށް ދާން ބޭނުން މީހުން ގޮވައިގެން މޯލްޑިިވިއަންގެ 50 ވަނަ ފްލައިޓު ބަންގްލަދޭޝްގެ ޑާކާ މިއަދު ގޮސްފައިވާއިރު އެ ފްލައިޓުންވެސް 200 މީހަކު ވަނީ އަނބުރާ ގައުމަށް ގޮސްފައެވެ.

މޯލްޑިވިއަންގެ ފްލައިޓުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގައްޔާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ރައްޔިތުން ފުރުވާލައިފައިވެ އެވެ.

ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355