twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ސައުދީ ބޯޑަރުތައް އަލުން ހުޅުވާލައިފި

ޚަދީޖާ އާދަމް
Jan 3, 2021

ކޮވިޑްގެ އާ ވައްތަރެއްގެ ވައިރަހެއް ފެނުމާއި ގުޅިގެން ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލައިފި އެވެ.

ބޯޑަރުތައް މިދިޔަ ޑިސެމްބަރު މަހު 21 ވަނަ ދުވަހު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލާފައި މިވަނީ 2 ހަފްތާއަށް ފަހު އެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ކަނޑާއި ވައިގެ އަދި އެއްގަމުގެ ސަރަޙައްދީ ރޮނގުތައް މިއަދުން ފެށިގެން އަލުން ހުޅުވާލާފައިވާކަމަށެވެ. ބޯޑަރުތައް ހުޅުވާލިނަމަވެސް ބައެއް ފިޔަވަޅުތައް ސައޫދީން ވަނީ އަޅާފައެވެ.

މިގޮތުން ވައިރަހުގެ އައު ވައްތަރު ފެތުރެމުންދާ އެއްވެސް ގައުމަކުން އަންނަ މީހަކަށް ސައުދީއަށް ވަދެވޭނީ އެމީހަކު އެ ގައުމުން ނުކުތްތާ ދެ ހަފްތާ ފަހުންނެވެ. އަދި ދެ ހަފުތާގެ މުއްދަތު ހަމަވުމުން ހަދާފައިވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންވާނެކަމަށްވެސް ވަނީ ޝަރުތުކޮށްފައެވެ.

މީގެއިތުރުން ކޯވިޑްގެ އައު ވައްތަރުތައް ފެނިފައިވާ ގައުމުތަކުން ސަޢުދީއަށް ދަތުރުކުރާ އެ ގައުމުގެ ރައްޔިތުން އެ މީހެއްގެ ގޭގައި 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެއެވެ. އަދި އެމީހަކު ގައުމަށް އެތެރެވުމުގެ 48 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޓެސްކުރުމުގެ އިތުރުން ކަރަންޓީނުގައި ހުންނަތާ 3 ވަނަދުވަހުވެސް ކޯވިޑަށް ޓެސްކުރަންޖެހޭނެކަމަށްވެސް ސައޫދީ ސަރުކާރުން ބުނެއެވެ.

އެހެން ގައުމުތަކުން އެތެރެވާ މީހުން ފުރިހަމަކުރަންޖެހޭނީ ކުރިއެކޭ އެއްގޮތަކަށް ތިން ދުވަހާއި ހަތް ދުވަހާއި ދެމެދުގެ ކަރަންޓީނެކެވެ. ސައުދީ އަރަބިއްޔާގައި މިހާތަނަށް 362،979 މީހުންނަށް ކޯވިޑް ޖެހި، 6،239 މީހުންވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355