twitterviber whatsapp telegramfacebookyoutube instagram
19th May 2025

ސައުދީން ހަދިޔާ ކުރި 50 ޓަނު ކަދުރު ރާއްޖެ ގެނެސްފި

Dec 12, 2024

ކޮންމެ ރަމަޟާން މަހަކަށް ސައުދީ ސަރުކާރުން ދެއްވާ 50 ޓަނުގެ ކަދުރު ޝިޕްމަންޓު ރާއްޖެ އަތުވެއްޖެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ޝަހީމް ރޭ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހަދިޔާކުރާ 50 ޓަނުގެ ކަދުރު ރާއްޖެ އަތުވެފައިވާކަމަށެވެ.

އަދި އެ ކަދުރު މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި ރޯދަމަހުގެ ކުރީން އެ ކަދުރު ބަހައި ނިންމާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެކަމަށެވެ.

ސައުދީ އަރަބިއްޔާ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355