twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެމްޓީސީސީއިން ހެވީ ވެހިކަލް ދުއްވުމުގެ ދާއިރާއަށް ޒުވާނުން ތަމްރީނުކުރާ ޕްރޮގްރާމެއް

ނަބީލާ އިސްމާޢީލް
Jan 3, 2021

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހެވީ ވެހިކަލް ދުއްވުމުގެ ދާއިރާއަށް ޒުވާނުން ތަމްރީނުކުރާ ޕްރޮގްރާމެއް ފަށައިފި އެވެ.

"ހުނަވަރު" ނަމުގައި އެމްޓީސީސީން މިއަދު އިފްތިތާހުކުރި މި ޕްރޮގުރާމަކީ ވަޒީފާގެ އަމަލީ މައިދާނުން ޒުވާނުން ތަމްރީނުކުރަން ހާއްސަކޮށް އިފްތިތާހުކުރި ތަމްރީން ޕްރޮގުރާމެކެވެ.

އެމްޓީސީސީން ބުނީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރު ފުރިފައި ހުރި ކޮންމެ ދިވެއްސަކަށްވެސް އޮންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.

ހުނަވަރު ތަމްރީނު ޕްރޮގްރާމް ފުވައްމުލަކާއި އައްޑޫގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ފަހަށް ކުޅުދުއްފުއްޓާއި މާލޭގައިވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެހެން އަތޮޅުތަކުން ޕްރޮގްރާމުގައި ބައިވެރިވާން އެދޭ މީހުންވެސް އެމްޓީސީސީއަށް ޝައުގުވެރިިކަން ފާޅުކޮށް މެއިލް ކުރުމުން އެކަން ކުރިއަށްދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މިއީ ތިން މަސް ދުވަހުގެ ޕްރޮގުރާމެއް ކަމަށާއި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް މަހު އުޖޫރައެއްގެ ގޮތުގައި 5،000ރ ދޭނެ ކަމަށެވެ. މީގެ އިތުރަށް އެ މީހަކު ހުރި ރަށް ނޫން އެހެން ރަށަކަށް ތަމްރީނަށް ގެންދާނަމަ، އެކޮމިޑޭޝަނާއި ކެއިން ބުއިންވެސް ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ޕްރޮގްރާމުން ފާސްވާ މީހުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ 50 މީހުންނަށް އެމްޓީސީސީން ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355