twitterviber whatsapp telegramfacebookyoutube instagram
1st July 2025

މަޖިލިސް ހުޅުވުން އަންނަ މަހު ހަތަރެއްގައި

ނަބީލާ އިސްމާޢީލް
Jan 6, 2021

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާތީ އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހަކީ މަޖިލިސް މިއަހަރަށް ރަސްމީކޮށް ހުޅުވާ ދުވަސްގެ ގޮތުގައި ހަމަޖެއްސުމުން، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ކޮންމެ އަހަރަކަށް ވެސް މަޖިލިސް ހުޅުވާ ދުވަހު ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާނެއް އިއްވަވާނެ އެވެ.

އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަނީ މަޖިލީހުގެ ޖަލްސާތައް ފަށާ ގަޑި ކަމަށްވާ، އެ ދުވަހުގެ ހެނދުނު 09:00 ގައި، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355