twitterviber whatsapp telegramfacebookyoutube instagram
6th May 2024

އިންތިހާބު ލަސްވާ މައްސަލާގައި އޭޖީ އިސްލާހެއް ހުށައަޅުއްވަނީ

Jan 6, 2021

އިންތިހާބު ލަސްވާ މައްސާލާގައި އިންތިހާބު އަވަސްކުރަން އާ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ނިންމަވައިފި އެވެ.

މިދިޔަ އަހަރު އޭޕްރިލް މަހު ފުރަތަމަ ބާއްވަން ނިންމި އިންތިހާބު ކޮވިޑާއި ގުޅިގެން ލަސްކުރުމަށް ފަހު އިންތިހާބު ފުރަތަމަ ބާއްވަން ތާވަލް ކުރީ އަންނަ މާޗު މަހު 6 ވަނަ ދުވަހަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލާތު އިތުރު އެއްމަސް ދުވަހަށް ދަންމާލުމާއި ގުޅިގެން މިހާރު އިންތިހާބު ބޭއްވުމަށް ތާވަލް ކޮށްފައިވަނީ އޭޕްރިލް 3 ވަނަ ދުވަހަށެވެ.

ރައްޔިތުންގެ މަޖިލީހުން މެއި، 10، 2020އި ފާސް ކުރި ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނާ ގޮތުން އިންތިހާބު ބޭއްވޭނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެނެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާތީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ އިންތިހާބު ބާއްވަން ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވައި ރިއްފަތު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އިންތިހާބު ބޭއްވުމުގައި ދިމާވެފައިވާ ގާނޫނީ ގޮންޖެހުންތައް ހައްލުކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވެސް އަންނަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އެ ޖަލްސާ ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355