twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޖަމާއަތު މިސްކިތަށް ވަގުތީގޮތުން ހަމަޖެއްސި ދެ މުދިމަކު ގުނޫތު ކިޔަން ދެކޮޅު ހަދައިފި

އަބްދުލް ވާހިދު ޙަސަން
Jan 7, 2021
5

ކުޅުދުއްފުށީ، މަސްޖިދުލް ޖަމާއަތަށް ވަގުތީގޮތުން ހަމަޖެއްސި ދެ މުދިމަކު ގުނޫތު ކިޔަން ދެކޮޅު ހެދުމުން އިތުރު މުދިމަކު ހަމަޖައްސައިފި އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހުރިހާ ނަމާދެއްގައި ގޫނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އެންގި އެވެ. އެކަމަކު ފަހުން ނިންމީ ހަމައެކަނި އަޑުހަރުކޮށް ކުރާ ނަމާދުތަކުގައި އެކަނި ގުނޫތު ކިޔުމަށެވެ.

ކައުންސިލް އިދާރާގެ ބޭފުޅަކު ވިދާޅުވީ، ޖަމާއަތު މިސްކިތުގެ މުދިމު ޗުއްޓީ ނެގުމުގެ ސަބަބުން ވަގުތީ މުދިމަކު ހަމަޖެއްސި ކަމަށާ ނަމަވެސް އެ މުދިމު މިނިސްޓްރީން އެންގުމާ ހިލާފަށް ގުނޫތު ކިޔަން ދެކޮޅު ހެދި ކަމަށެވެ. އަދި އެހެންވެ އަނެއްކާވެސް އިތުރު މުދިމަކު ހަމަޖެއްސުމުން އެ މުދިމުވެސް ގުނޫތު ކިޔަން ދެކޮޅު ހެދީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވުމުން މިހާރު 3 ވަނަ މުދިމަކު ހަމަޖައްސާފައިވާކަމަށް ކައުންސިލުން ބުންޏެވެ. މިސްކިތްތަކުގެ އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުންނަކީ މިނިސްޓްރީގެ މުއްވަޒަފުންކަމަށްވާއިރު މިނިސްޓްރީން އަންގާ އެންގުންތަކަށް އަމަލުކުރަން ޖެހޭނެ އެވެ.

އެ މިސްކިތުގައި ވަގުތީގޮތުން މުދިމަކަށް މިހާރު ހަމަޖައްސާފައިވަނީ ރިޓަރާކޮށްފައި ހުންނެވި ބޭފުޅެކެވެ.

މައުލޫމާތު އެނގޭ އެހެން މީހަކު ބުނީ، މުދިމުން ގުނޫތު ކިޔަން ދެކޮޅު ހެދީ އެއީ ބިދުއަވެރި އަމަލެއް ކަމަށް ބުނެ ކަމަށެވެ. އެ ބޭފުޅާ ވިދާޅުވީ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

ދީނީ ގޮތުން ހިޔާލު ތަފާތު މައްސަލަތައް ފަހަކަށް އައިސް ވަނީ ރާއްޖޭގައި އިތުރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355