twitterviber whatsapp telegramfacebookyoutube instagram
21st May 2025

އިތުރު 13 ކެންޑިޑޭޓަކު އަނބުރާ ނަން ނަގައިފި

ޚަދީޖާ އާދަމް
Jan 16, 2021
2

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިތުރު 13 ކެންޑިޑޭޓެއްގެ ނަން އަނބުރާ ނަގާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އީސީން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަނބުރާ ނަަން ނަގާފައިވަނީ ގިނައިން އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ކަމަށެވެ.

އެގޮތުން އެމްޑިޕީގެ 8 ކެންޑިޑޭޓަކު ނަން ނަގާފައިވާއިރު، ދެން އެންމެ ގިނައިން ނަގާފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ކަމަށެވެ. އެއީ 3 ފަރާތެއްގެ ނަމެވެ. މީގެ އިތުރުން ދެން ނަން އަނބުރާ ނަގާފައިވަނީ ޕީޕީއެމްގެ އެއް ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23ގަ އެވެ.

އެގޮތުން މިހާތަނަށް ކައުންސިލް އިންތިހާބުން 100 އަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފަ ވެއެވެ.

ކޮވިޑްގެ ބަލި މަޑުކަމާއި ގުޅިގެން ލަސްކުރި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު މި އަހަރު އަހަރު އޭޕްރިލް މަހު ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355