twitterviber whatsapp telegramfacebookyoutube instagram
18th August 2025

ސީއެންއެންގެ ޗުއްޓީއަށް ދާން އެންމެ ކަމުދާ މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ

Jan 17, 2021

މިއަހަރުތެރޭ ޗުއްޓީއަށްދާން އެންމެ ކަމުދާ މަންޒިލްތަކުގެ ގޮތުގައި ސީއެންއެންއިން އެކުލަވާލި ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.

ކޮވިޑްގެ ހާލަތުގައިވެސް ޗުއްޓީއަށްދާން އެންމެ ރައްކާތެރި މަންޒިލްތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނޭކަން ސީއެންއެންއިން ވަނީ ފާހަގަކޮށްފައެވެ.

21 މަންޒިލް ހިމެނޭ މި ލިސްޓުން ރާއްޖެ ޖާގަ ހޯދާފައިވާއިރު ހުދު ގޮނޑުދޮށެއްގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށާއި، މޫދުގައި ފީނާލަން ބޭނުންވާ ފަރާތްތަކަށް ރާއްޖެއަކީ އެންމެ ކަމުދާނެ މަންޒިލްކަމަށް ސީއެންއެންއިން ބުނެފައިވެއެވެ.

ކޮވިޑްގެ ދުވަސްވަރު ރާއްޖެ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ސީއެންއެންއިން ފާހަގަ ކުރީ ރާއްޖޭގެ ރިސޯޓުތައް ހިންގަމުންދަނީ ވަން އައިލެންޑު ވަން ރިސޯޓު ކޮންސެޕްޓަށްކަމަށްވުމުނެވެ.

ލިސްޓުގައި ދެން ހިމެނޭ ގައުމުތަކުގެ ތެރޭގައި، ދުބާއީ، ސިންގަޕޯރ، ފްރާންސް އަދި ގްރީސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355