ކޮވިޑް-19 ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާކަން އެޗްއީއޯސީން ހާމަކޮށްފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާނެކަމަށާއި ރަޖިސްޓްރީވާން ޖެހޭނީ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ.
ނަޒްލާ ވިދާޅުވީ ފުރަތަމަ ރަޖިސްޓްރީ ކުރެވޭނީ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރިން ކަމަށާއި ކުރިންވެސް ވެކްސިން ޖަހާނެ ގެޓަގަރީތައް ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާ އަދި ހެލްތް ކެއާ ވޯކާސްގެ ގޮތުގައި ހިމެނޭ މީހުންނަށް ކަމަށެވެ.
އެހެންކަމުން މިއަދު ރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. ރެޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ my.health.mv މި ޕޯޓަލް މެދުވެރިކޮށެވެ.
*️⃣ Registration for COVID19 vaccination is now open at https://t.co/EQ4zqj3X4E
— Health Protection Agency (@HPA_MV) January 17, 2021
▫️We are currently focusing on registering healthcare personnel in the Maldives.
◾️Please register and provide us with your most up-to-date information. pic.twitter.com/OSCfl6Oaei
ސިއްހީ ހިދުމަތްދޭ މަސައްކަތްތެރިން އެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. އަދި ދެން ވެކްސިން ދިނުމުގައި އިސްކަން ދީފައިވާ ކެޓަގަރީތަކުގެ މީހުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
މި މަހުގެ 26 ވަނަ ދުވަހު ވެކްސިން ލިބޭނެ ކަމަަށް ހެލްތް މިނިސްޓަރާ ހަވާލީ ކުރިން ރިޕޯޓްތައް ފެތުރުނު ނަމަވެސް ފަހުން އެ ވާހަކަތައް ހެލްތް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.
އެހެންކަމުން ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ހުޅުވާލި ނަމަވެސް ވެކްސިން ލިބޭނެ ދުވަހެއް އަދި ވެކްސިން ޖަހަން ފެށޭނެ ދުވަހެއް އަދި ނޭންގޭ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.