twitterviber whatsapp telegramfacebookyoutube instagram
9th May 2026

އިންޑިޔާއިން ގިނަ ގައުމުތަކަކަށް ކޮވިޝީލްޑް ވެކްސިން ފޮނުވައިފި

ޚަދީޖާ އާދަމް
Jan 23, 2021
1

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ގިނަ ގައުމުތަކަކަށް ފޮނުވައިފިއެވެ.

އެގޮތުން އެގައުމުން މިހާތަނަށް 5 ގައުމަކަށް ވެކްސިން ފޮނުވާފައިވާއިރު މި މަހު 20 ވަނަ ދުވަހު އެގައުމުން ރާއްޖެއަށްވެސް ވަނީ ވެކްސިން ފޮނުވާފައެވެ. ރާއްޖެއަކީ އެގައުމުން ވެކްސިން ފޮނުވި ފުރަތަމަ ގައުމެވެ.

ރާއްޖެއަށް ފަހު އިންޑިޔާއިން ވަނީ މޮރިޝަސްއަށް އެއްލައްކަ ޑޯޒް، މިއަންމާއަށް 1.5 މިލިއަން ޑޯޒް، ސީޝެލްސްއަށް 50 ހާސް ޑޯޒް، ބްރެޒިލް އަދި މޮރޮކޯއަށް ދެ މިލިއަން ޑޯޒް ފޮނިވާފަ އެވެ.

އެގައުމުން ބުނީ ކުރިއަށް އޮތްތަނުގައި އިތުރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

މި މިވެކްސިންއަކީ އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީ ކޮލަރބްރޭޓްވެފައިވާ ވެކްސިންއެކެވެ. ސެރަމް އިންސްޓިއުޓުން މިވެކްސިންގެ ޑޯޒްތައް އުފައްދާތީ އިންޑިއާއިން ވަނީ މިވެކްސިންއަށް ''ކޮވިޝީލްޑް''ގެ ނަމުން ނަންދީފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިންތައް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ގިނަ ގައުމުތަކުގައި ވަނީ ދީފައެވެ. އެގޮތުން އިނގިރޭސިވިލާތް، ޕާކިސްތާން، ބްރެޒިލް އަދި މެކްސިކޯ ފަދަ ގައުމުތައް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355