twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ނެތް: އާސަންދަ

ޚަދީޖާ އާދަމް
Jan 25, 2021

ކޮވިޑް-19 ގެ ހާލަތުގައިވެސް ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށް ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން އުފައްދާފައިވާ އާސަންދަ ކުންފުނިން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔައަށް ދެއްވި އިންޓަވިއެއްގައި އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށް ދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށް ދިނުމަށް ނިމިދިޔަ އަހަރުގައިވެސް 2 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

ކޮވިޑާއި ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގައިވެސް އާސަންދައަށް އެއްވެސް ދައްޗެއް ކުރިމަތިނުވާކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އަދި ރާއްޖޭން ބޭރަށް ދިވެހިން ރައްޔިތުން ފޮނުވަން އެއްވެސް ދައްޗެއް ދިމާވެފައި ނުވާކަމަށާއި އާސަންދައިގެ މި ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވާކަންވެސް ފާހަގަކުރެއްވި އެވެ.

ފާމަސީތަކަށް ބޭސްދޫކުރުމާއި ރައްޔިތުންނަށް ބޭސްކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމާއި ޑޮކްޓަރުންގެ ފީއާއި ބޭހާއި ޓެސްޓުތަކުގެ ފީއާއި ރާއްޖެއިން ބޭރުން ހޯދަންޖެހޭ ފަރުވާ ހޯދުމަށް އާސަންދައިން ވާންޖެހޭ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުގެ ފަރާތުން އެހީވެދޭކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ނިމިދިޔަ 2020 ވަނަ އަހަރު 2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2019 ވަނަ އަހަރު 2.36 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355