twitterviber whatsapp telegramfacebookyoutube instagram
20th April 2024

98.56 މިލިއަން ރުފިޔާ ފްރޮންޓްލައިން އެލަވެންސްގެ ގޮތުގައި ދޫކޮށްފި

ޚަދީޖާ އާދަމް
Jan 26, 2021
4

ކޮވިޑް-19 ގެ ބަލިމަޑުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވެންސްގެ ގޮތުގައި މިހާތަނަށް 98.56 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވެންްސް ދޭން ނިންމާފައިވަނީ 3 ކެޓަގަރީއަަކަސް ބަހާލައިގެންނެވެ. އެެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ އަދި ލޯ ރިސްކް ކެޓަގަރީއެވެ.

އެގޮތުން މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހު 25 ވަނަ ދުވަހުގެ ނިޔަލަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ 10،843 މީހަކަށް އެލަވެންސް ދީފައި ވެއެވެ.

ހައި ރިސްކު ކެޓަގަރީގައި ހިމެެނެނީ ކޮވިޑަށް ޕްޒިޓިވްވާ މީހުން ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކް މީހުންނާއި ތަކެއްޗާގާތުން މަސައްކަތް ކުރާ ފަރާތްތަކެވެ. އެ ކެޓަގަރީގެ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ.

އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ކޮވިޑަށް އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުނު ނަމަވެސް ހައި ރިސްކް މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުން ހިމެނޭއިރު އެ މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާއެވެ.

ލޯ ރިސްކް ކެޓެގަރީގައި ހިމެނެނީ ހައި ރިސްކް އަދި މީޑިއަމް ރިސްކް ކެޓެގަރީގައި ނުހިމެނޭ، އެހެން ނަމަވެސް ކޮވިޑް-19 ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ. ލޯ ރިސްކް ކެޓެގަރީގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355