twitterviber whatsapp telegramfacebookyoutube instagram
4th May 2026

ކައުންސިލް އިންތިހާބު އޭޕްރީލް 10 ގައި ބާއްވަން ނިންމައިފި

Jan 26, 2021

ކޮވިޑް-19 އާ ހެދި ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލްމަހު ދިހަ ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އީސީން މިހެން ހާމަކުރީ މިހާރު އެ ކޮމިޝަނުން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މިމަހު 29 ވަނަ ދުވަހުން ފެށިގެން އިންތިހާބުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އިންތިހާބާބެހޭ ހާއްސަ ގާނޫނުން ބަޔާންކޮށްފައިވާ އެއް އަހަރު ދުވަހުގެ މުއްދަތު އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން އިންތިހާބު ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބުތައް ބަޔާންކޮށް އެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އީސީން އެކަން މަޖިލީހަށް އަންގަންޖެހޭ ގޮތަށް މަޖިލީހުން ގެނައި އިސްލާހުތަކުގައި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355