twitterviber whatsapp telegramfacebookyoutube instagram
11th May 2024

ކޭސްތައް އިތުރުވެ މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފި

ޚަދީޖާ އާދަމް
Jan 27, 2021

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން އަނެއްކާވެސް ކާފިއު އިއުލާންކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަރު ސޮއިކުރައްވައި ރޭ ނެރުއްވި އެންގުމުގައިވާ ގޮތުން މިރެިއން ފެށިގެން މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން ވެސް މަނާވާނެ އެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރާ އެންމެން ކަރަންޓީނު ކުރުމަށާއި ހުކުރުދުވަހުން ފެށިގެން، ޓޫރިސްޓުން ފިޔަވައި، ރާއްޖެ އިން ބޭރުން އަންނަ އެންމެން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދުގައި ފިޔަވަޅުތައް ހަރުކަށިކޮށްފައި މި ވަނީ ވޭތުވެދިޔަ ދެ ތިން ދުވަހު ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މައްޗަށް ގޮސްފައި ވަނިކޮށެވެ.

އިއްޔެވެސް ރާއްޖެ އިން 145 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 93 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. ރިސޯޓްތަކުން 36 މީހަކު ޕޮޒިޓިވްވި އިރު އަތޮޅު ތެރެއިން ވަނީ 14 މީހަކު ޕޮޒިޓިވްވެފަ އެވެ. ކޭސްތައް އިތުރުވާން ފެށީ އަދަދުތައް ވަރަށް ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު އެވެ.

ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށީ އާ އަހަރު ފެށުން ފާހަގަކުރުމުގެ އެއްވުންތަކާއި ދަތުރުފަތުރުގެ ލުއިތަކާ އެކު ކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355