twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބަނދަރުގެ ޖާގައިގެ ދަތިކަމާހެދި ހޮނިހިރުދުވަހު 14:30-7:00 އާދެމެދު ކްރޭން ބޭނުންކޮށްގެން މަސައްކަތްކުރުން މަނާކުރަނީ

އަބްދުލް ވާހިދު ޙަސަން
Jan 27, 2021
4

ހޮނިހިރު ދުވަހު މެންދުރުކުރީގެ ވަގުތުގައި ލޯކަލް ބަނދަރުގައި ކްރޭން ބާއްވައިގެން މުދާ ބަލައި އެރުވުން މަނާކުރަން ކުޅުދުއްފުށީ ކައުންސިލުން ފާސްކޮށްފި އެވެ.

އެގޮތަށް ކައުންސިލުން ނިންމީ، ހޮނިހިރު ދުވަހަކީ ގިނަ އަދަދެއްގެ ބަޔަކު އެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް އަންނަ ދުވަހެއްކަމުން އެ ސަރަހައްދުގައި ކްރޭން ބާއްވައިގެން މުދާ ބާލައި އެރުވުމުގެ ސަބަބުން ބަނދަރު މަގު ބަންދުވެ، ރައްކާތެރިކަން ގެއްލިފައިވާތީ އެވެ.

މިއަދު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ބަހުސްކުރަމުން، އެ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝީމް ވިދާޅުވީ، ހޮނިހިރު ދުވަހު ކްރޭން ބާއްވައިގެން މުދާ ބަލައި އަރުވާ ހެދުމުގެ ސަބަބުން ގިނަ ބައެއްގެ ޝަކުވާ އަންނަ ކަމަށާ އެ ދުވަހުގެ ބަނދަރު އެންމެ ބާރުބޮޑުވާ ވަގުތުކަމަށްވާ ހެނދުނު 7:00 – 14:30 އަށް ކްރޭން ޖަހައިގެން ބަނދަރުގައި އެއްވެސް މަސައްކަތެއް ނުކުރެވޭގޮތަށް ހެދުން ކަމަށެވެ.

އެ އިސްލާހަށް ފާސްވީ ބައްދަލުވުމަށް ހާޒިރުވި ހަތަރު މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވީ މެމްބަރު މުހައްމަދު ފަވާޒެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ހޮނިހިރު ދުވަހު އެއްވަގުތެއްގައި ގިނަ ބަޔަކު ބަނދަރު ބޭނުންކުރަން ޖެހުމުގެ ސަބަބުން އެ ސަރަހައްދުގެ ކާރޫބާރޫ ބޮޑުވެ ބަނދަރު ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ އާއްމު ރައްކާތެރިކަން ގެއްލޭ ކަމަށެވެ.

"އެހެންވީމަ މިގޮތަށް ބަލާއިރު ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައި މި އޮންނަނީ. އާންމުކޮށް ބަނދަރަށް ޒިޔާރާތްކުރާ ބަލި މީހުންނަށާއި އެކި ބޭނުންތަކަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކެއް އެބަ ދިމާވޭ ބަނދަރުގެ އެންމެ ބާރު ބޮޑުވާ ގަޑީގައި ހޮނިހިރުދުވަހު ހެނދުނު ވަގުތުގައި ކްރޭން ޖަހާފައި ހުންނާތި. އެހެންވީމަ ކްރޭން ޖަހަން މަނާ ގަޑިތަކެއް ކަނޑައަޅަން މި ގަސްތުކުރަނީ. އެންމެ ބާރުބޮޑު ގަޑިއަކީވެސް އެތަނުގައި ކްރޭން ޖަހައިގެން ބޮޑެތި ބަރު ވެހިކަލްތައް އެތަނުގައި ދުއްވާއިރު ނުރައްކާތެރި ހާދިސާއެއްވެސް ހިނގައިދާނެކަމަށް ފެންނާތިވީމަ. ކޮންމެވެސް ވަރެއްގެ ލިމިޓެއް އެތަނުގައި ކަނޑައަޅާލުމަށްޓަކާ." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަލީ ހާޝިމް ވަނީ މި އިސްލާހް ފާސްވުމާއެކު ވީ އެންމެ އަވަހަކަށް ގެޒެޓްކޮށް، ތަންފީޒުކުރުމަށް ބަނދަރުގެ މުވައްޒަފުންނަށް އެންގުމަށް އެދިފަ އެވެ. އަދި އެ އިސްލާހް ތަންފީޒުކުރުމަށްޓާ ކޮންމެހެން ކުރަން ޖެހޭ ކަންކަން އަވަސްކުރުމަށްވެސް އޭނާ ވަނީ އެދިލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355