twitterviber whatsapp telegramfacebookyoutube instagram
19th August 2026

ފުރަތަމަ ތިން ހަފްތާ އާމްދަނީގެ ގޮތުގައި 446 މިލިއަން ރުފިޔާ

ޚަދީޖާ އާދަމް
Jan 30, 2021

އަހަރުގެ ފުރަތަމަ ތިން ހަފްތާ ތެރޭ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 446.1 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަަކަށް ދައްކާގޮތުގައި ޖެނުއަރީ 21 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ހަރަދުތައް ހުރީ 644 މިލިއަނުގައެވެ.

ހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ 21 ގެ ނިޔަލަށް ލޯނު ދެއްކުމަށް ދައުލަތުން ވަނީ 96.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. 2020 ވަނަ އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްލުމަށް 89 މިލިއަން ރުފިޔާ ހޭދަކުރި ކަމަށްވެސް ހިސާބުތައް ދައްކަ އެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ 73 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ އާމްދަނީގެ 27 ޕަސެންޓެވެ. އެގޮތުން ޓެކްސް އާމްދަނީ އަށް ޖުމްލަ 325.3 މިލިއަން ރުފިޔާ ލިބުނު އިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 117.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ މުއްދަތުގައި ގްރާންޓުގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ލިިބިފައިވާ ކަމަށްވެސް ހިސާބުތައް ދައްކަ އެވެ.

މި ހިނގާ 2021 ވަނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ 34 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355