twitterviber whatsapp telegramfacebookyoutube instagram
18th September 2026

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

Jan 31, 2021

ހދ ނެއްލައިދޫ ގޮނޑުދޮށް ހިމާޔާތްކުރުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ނެއްލައިދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގައި ސޮއިކުރެއްވުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕީއެސް ޒީނިއާ އަހުމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ހުސެއިން މޫސާ އެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖަހާނެ އެވެ. 19.0 މިލިއަން ރުފިޔާގެ މި މަޝްރޫއު 250 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މިހާރުވެސް އެމްޓީސީސީން ދަނީ އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއެއް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293