twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮވިޑް ނަންބަރު މައްޗަށް ދާތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ޚަދީޖާ އާދަމް
Feb 2, 2021

ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާން ފެށުމުން ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަކުރަން ނިންމައިފި އެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޭސްތައް މަދުވަމުންގޮސް އަނެއްކާވެސް އިތުރުވާން ފެށީ މާލޭގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިދިޔަ ހަތް ދުވަހު މާލެ ސަރަހައްދުން އެކަނިވެސް ޖުމުލަ 641 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ދޭން ފެށިނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް އެ ފިޔަވަޅުތައް އާންމުކުރާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑްގެ ދެވަނަ ރާޅާއެކުވެސް މާލޭގައި ވަކި ގަޑިތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި އެވެ. އެ ފިޔަވަޅުތަކާއެކު ކޮވިޑްގެ ނަންބަރުތައް ދަށަށް ދާން ފެށި އެވެ.

މިފަހުން ކޭސްތަކުގެ އަދަދު 100 އިން މައްޗަށް ދިޔުމުން ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާންކޮށް، ހަފްލާތަކާއި އެއްވުންތަކާއި ޕާޓީ ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

އިއްޔެ އެކަނި ރާއްޖެއިން 215 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 159 މީހަކު ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355