twitterviber whatsapp telegramfacebookyoutube instagram
19th August 2026

61 ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ: ރައީސް

އަބްދުލް ވާހިދު ޙަސަން
Feb 4, 2021

އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް މިއަހަރު 61 ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާ ހުޅުވައިދެއްވަމުން ރައީސް އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ފާއިތުވި ދެ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދޭ މިންވަރު ތިން ގުނަ އިތުރުކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކަރަންޓް އުފެއްދުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް 26 ރަށެއްހައި އަވިން ކަރަންޓް އުފައްދާ 2.86 މެގަވޯޓް ސޯލާ ޕެނަލްތައް މިދިޔަ އަހަރު ގާއިމުކޮށްފައިވާ ކަމަށާއި މިއަހަރު އިތުރު 61 ރަށެއްހައި މި ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިއަހަރު ގާއިމުކުރާ އެ ނިޒާމުން ޖުމްލަ 36 މެގަވޯޓްގެ ކަރަންޓް އުފެއްދޭނެކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355