twitterviber whatsapp telegramfacebookyoutube instagram
25th April 2024

މި އަހަރު ޓޫރިޒަމް ދާއިރާއިން 9،000 ވަޒީފާ އުފެދޭނެ: ރައީސް

ޚަދީޖާ އާދަމް
Feb 4, 2021
2

ޓޫރިޒަމް ދާއިރާއިން މި އަހަރު އެކަނި 9،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަލަށް 18 ރިސޯޓް ހުޅުވައި 5،062 އެނދު މާކެޓަށް ނެރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިއީ އަލަށް އުފެދޭނެ ގިނަ އަދަދެއްގެ ވަޒީފާ ކަމަށް ވިދާޅުވި އެވެ.

ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގު މުއްދަތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަން ރައީސް ފާހަގަކުރައްވާ އެއީ ޓޫރިޒަމް ފުޅާ ކުރުމަށް މުހިއްމު ކަމެއް ކަން ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް އަލުން ދިރުވާއިރު އޭގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް ވެސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އަމާޒެއް ކަމަށެވެ. އަދި ކޮވިޑް-19އާ އެކު ޓޫރިޒަމް ވެސް ހީނަރުވެފައި އޮތުމަށް ފަހު މި އަހަރަކީ އެ ދާއިރާ ކޮޅަށް ޖަހަން ގިނަ މަސައްކަތްތައް ރާވާފައިވާ އަހަރެއް ކަމަށާއި އެކި ދާއިރާތަކަށް މީހުން ތަމްރީންކުރަން ނިންމާފައިވާއިރު ޓޫރިޒަމް ދާއިރާއަށް ވެސް މީހުން ތަމްރީން ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ޓޫރިޒަމްފުޅާކޮށް އެކަމުން ފައިދާ ހޯދުމަށް ރަށު ޓޫރިޒަމް ފުޅާކޮށް، ޓޫރިސްޓު ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް ރަށްރަށުން ބިން ދޫކުރަން ނިންމާފައިވާކަަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355