twitterviber whatsapp telegramfacebookyoutube instagram
19th August 2026

ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Feb 9, 2021

ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 77 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

މިއަދު މަރުވީ ކުރިން ސްޓްރޯކެއް ޖެހި ބަލި އެނދުގައި އޮންނަތާ އެތައް ދުވަހެއް ވެފައި ވަނިކޮށް ކޮވިޑް ޖެހިގެން ހާލު ދެރަވި މީހެކެވެ. އެ މީހާ ވިލިގިލީ ކޮވިޑް ފެސިލިޓީ އަށް ގެންދިޔައީ މިދިޔަ މަހު އެވެ. އަދި ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރު ގުޅައިގެންނެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި 56 ވަނަ މީހާއެވެ. އަދި މިއީ މާލެއިން ބޭރުން ކޮވިޑް ބަލީގައި މަރުވި ދެވަނަ މީހާ އެވެ.

ރާއްޖެއިން މިހާތަނަށް 16،909 ކޮވިޑް ކޭސް ފެނިފައިވާއިރު މިވަގުތު ބަލި ޖެހިފައި ތިބީ 2،075 މީހަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355