twitterviber whatsapp telegramfacebookyoutube instagram
14th January 2026

ކައުންސިލްގައި ވޯޓަށް އެއްސެވި ވަގުތުގައިވެސް ސަމާ އިންނެވީ ފޯނަން "ގެއްލިފަ"

އަބްދުލް ވާހިދު ޙަސަން
Feb 11, 2021
7

ކައުންސިލްގައި ބުދަ ދުވަހު ކުރިއަށްގެންދިޔަ އާންމު ބައްދަލުވުމުގައި ކައުންސިލް މެމްބަރު ސަމާ އަލީ ފޯނާ ކުޅެން އިންނެވުމުން، ކައުންސިލްގެ ރައީސް ނަސޭހަތްދީފި އެވެ.

ބުދަ ދުވަހު ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި 5 ކަމެއް އެޖެންޑާކޮށް، މަޝްވަރާކޮށްފައިވެ އެވެ. މި ބައްދަލުވުމުގައި ކުރިއަށްދިޔަ ބައެއް ވަގުތުގައި ކައުންސިލަރު ސަމާގެ ފޯނުން ވީޑީއޯ ބަލަން އިން މަންޒަރުވެސް ފެނުނެވެ.

ޤުރުއާން މުބާރާތް އައުޓްސޯސްކުރުމާ ބެހޭގޮތުން ބަހުސްކުރެއްވުމަށްފަހު ވޯޓަށް ހުޅުވާލި ވަގުތުވެސް ސަމާ އިންނެވީ ފޯނަށް "ގެއްލިފަ" އެވެ. އެހެންވެ ވޯޓަށް ހުޅުވާލިކަން އޭނާއަށް އެނގުނީވެސް ކައުންސިލްގެ ރައީސް ލަތީފް، ސަމާ ވޯޓެއް ނުދެއްވަންތޯ ޔަގީންކުރުމުގެ ގޮތުން ސުވާލުކުރެއްވުމުންނެވެ.

ލަތީފް ސުވާލުކުރެއްވުމުން، ސަމާ ވަނީ މާފަށް އެދި، ފަހުން ވޯޓްގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ. ކައުންސިލްގެ ރައީސް ވަނީ އެކަމާ ނުރުހުންވެ، ބައްދަލުވުމުގެ ވަގުތަކީ ކުޑަވަގުތުކޮޅު ކަމަށް ވިދާޅުވި، ޖަލްސާ ކުރިއަށްދާ ވަގުތު ފޯނު ބޭނުންކުރުމަކީ ގަވައިދާ ހިލާފު، މަނާކަމެއްކަން ސަމާއަށް ހަނދާންކޮށްދެއްވާފަ އެވެ.

ކައުންސިލް ބައްދަލުވުންތަކުގައި މަދުން ނަމަވެސް މެމްބަރުން ފޯނާ ކުޅެން ތިއްބަވާތަން ފެނެ އެވެ. އެކަމަކު ވޯޓަށް އައްސަވާއިރު ވޯޓްގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355