twitterviber whatsapp telegramfacebookyoutube instagram
28th June 2026

ކުޅުދުއްފުށީ ގޮނޑުން 400 ޓަނުގެ ކުނި ވެމްކޯއިން ބޭރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 11, 2021
4

ކުޅުދުއްފުށި ސިޓީ ކުނިކޮނޑުގައި ޖަމާވެފައިހުރި 400 އަށްވުރެގިނަ ކުނި ވެމްކޯއިން ނަގައި ބޭރުކޮށްފި އެވެ. މިރަށުގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ފެށީ މިމަހު ފަސްވަނަ ދުވަހު އެވެ.

ވެމްކޯއިން މިއަދު ކުރި ޓްވީޓެއްގައި ހާމަކޮށްފައިވަނީ، ކުޅުދުއްފުށި ސިޓީގައި އެ ކުންފުނިން ކުރަމުންދާ މަސައްކަތް ޝެޑިއުލްއާ އެގޮތަށް ކުރިއަށްދާ ކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 400 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

އަދި މަސައްކަތް ހަލުވިކުރުމުގެ ގޮތުން އިތުރު ވެހިކަލް ކުޅުދުއްފުއްޓަށް ފޮނުވާލާފައިވާކަމަށްވެސް ވެމްކޯއިން ބުނެ އެވެ. ވެމްކޯގެ މޭކެޓިން އެންޑް ޕީއާރު އޮފިސަރު އަހުމަދު އާޒިމް ކޭއޯއަށް ވިދާޅުވީ، މަސައްކަތް ފެށުމަށްޓަކާ ކުނިކޮށީގައި ހުރި 400 ޓަނުގެ ކުނި ބޭރުކޮށްފައިވާ ކަމަށެވެ.

ރަށުން ބޭރުކޮށްފައިވަނީ ފަސޭހައިން ނެގޭނެ ގޮތަށް ހުރި ބޮޑެތި ކުނިތައް ކަމަށާ، ކުނިތައް ފުރޭނުމަށް ބޭނުންވާ ސާމާނާއި އިތުރު ވެހިކަލްތައް ކުޅުދުއްފުއްޓަށް ފުރުވާލާފައިވާ ކަމަށެވެ. ކުނިތައް ބޭރުމަށް ހަމަޖެހިފައިވަނީ ފުރޭނުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ފެށި އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ނައްތާނުލެވި، ޖަމާވެފައި ހުރި 92،000 ޓަނުގެ ކުނި ނައްތާލުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355