twitterviber whatsapp telegramfacebookyoutube instagram
10th August 2026

ވެކްސިން ޖެހި މީހުންގެ އަދަދު 27،367 އަރައިފި، އެއީ އާބާދީގެ 5 ޕަސެންޓް

ޚަދީޖާ އާދަމް
Feb 13, 2021
1

މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 27،367 އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިމަހު އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 27،367 މީހަކަށް ކޮވިޑް ވެކްސިން ޖަހާފައިވާއިރު އޭގެ ތެރެއިން 22،456 މީހަކު ވެކްސިން ޖަހާފައިވަނީ، މާލެ ސަރައްދުންނެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދަކީ، 4،911 އެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

މިދިޔަ ބުދަ ދުވަހު އިތުރު 5000 ޑޯޒް ގެނެސްފައި ވާއިރު، މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒް ލިބޭނެ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޗައިނާގެ އިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެގައުމުން ހަދިޔާ ކުރަން ނިންމާފައިވާއިރު އެ ވެކްސިން ޖަހަން އަދި ފަށާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355