twitterviber whatsapp telegramfacebookyoutube instagram
27th April 2024

8 ގައުމެއްގެ ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ޚަދީޖާ އާދަމް
Feb 15, 2021

ފަލަސްތީނު ހިމެނޭގޮތަށް 8 ގައުމެއްގެ ސަފީރުންނަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އަށް ގައުމަކަށް ރާއްޖެއިން ކަނޑައަލާ ނޮން-ރެސިޑެންޓް ސަފީރުންނަށް މަޖިލީހުން މިއަދު ރުހުން ދީފައިވާރު މީއީ ފަލަސްތީނަށް ރާއްޖެއިން ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ. ފަލަސްތީނަށް ނޮން-ރެސިޑެންޓް ސަފިރެއްގެ ގޮތުގައި ރުހުން ދީފައިވަނީ، ސައުދީ އަރަބިއްޔާގެ ސަފީރު މުހައްމަދު ހަލީލް، ގ އުތުރުއާގެ އެވެ.

ދެން ރުހުން ދީފައިވަނީ:

- ޔޫކްރައިން - ޖަރުމަނު ސަފީރު، އަހްމަދު ލަތީފު، ހ. ސީވީޑް

- އަޒަބައިޖާން - އިންޑިއާ ސަފީރު، ހުސައިން ނިޔާޒު، ހ. ނިޔާސާ

- އޮސްޓްރޭލިއާ އަދި އެފްރިކާ - ސްރީލަންކާ ސަފީރު، އުމަރު ރައްޒާޤު، ހ. ހިކިފިނިފެންމާގެ

- ތައިލެންޑް ސަފީރު، މުހައްމަދު ޖިނާހް، މއ. ތިބްރޯޒް

- ކެމްބޯޑިއާއި ވިއެޓްނާމް އަދި ލާއޯސް - ޖެނީވާގެ ދައިމީ ބަންދޫބު، ޑރ. އާސިމް އަހްމަދު، ގ. ފަރުކަނި

- ޓަލޯ އާދި ރިޕަބްލިކް އޮފް އޮސްޓްރޭލިއާ - ސަފީރު، އާމިނަތު ޝަބީނާ، ހ. މިސްޓީލޮޖް

- މިސްރު އަދި ނިއުޒިލޭޑް ސިންގަޕޫރު ސަފީރު، އިބްރާޙިމް ޝަހީބް، ހ. ޖެހޭވައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355