twitterviber whatsapp telegramfacebookyoutube instagram
26th September 2026

ހދ އަތޮޅުގެ ހުރިހާ ރަށަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދީފި

އަބްދުލް ވާހިދު ޙަސަން
Feb 17, 2021

ހދ އަތޮޅުގެ ހުރިހާ ރަށަކަށް ވެކްސިން ފޯރުކޮށްދީފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އަތޮޅުގެ ހުރިހާ ރަށަކަށް ވެކްސިން ފޯރުކޮށްދީފައިވާއިރު ބައެއް ރަށްރަށުގައި އަންގާރަދުވަހު ވަނީ ވެކްސިންދޭން ފަށާފަ އެވެ. އެގޮތުން ކުރިނބީ، ނާވައިދޫ، ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ވައިކަރަދޫ، ނޮޅިވަރަންފަރު ހިމެނެ އެވެ.

ކޭއާރުއެޗުން ބުނީ އެރަށްރަށުގައިވެސް ވެކްސިން ޖަހަމުންދަނީ، 80 އަހަރުން މަތީގެ މީހުންނަށާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ ފްރޮންޓްލައިން މުވައްޒަފުނަށް ކަމަށެވެ.

ކުޅުދުއްފުށީގައި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވެކްސިން ޖަހަމުންދާއިރު މިހާތަނަށް 670 ފަރާތްތަކަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 60 އަހަރުން މަތީގެ 174 މީހަކާއި ކޭއާރުއެޗުގެ މުވައްޒަފުންނާއި ކުޅުދުއްފުށީގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ 484 ފަރާތްތަކެވެ.

އަދި މީގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާކުރާ 12 މީހަކަށްވެސް ކޮވިޑް-19 ވެކްސިން ދީފައިވެ އެވެ.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، މިހާތަނަށް ވެކްސިން ޖެހި އެއްވެސް މީހަކަށް ބޮޑު މައްސަލައެއް ދިމާވެގެން ރިޕޯޓްކޮށްފައެއް ނުވާ ކަމަށާ ނަމަވެސް ބައެއް ފަރާތްތަކުން ހުން އައިސްގެންނާއި ގައިގަ ރިއްސާތީ ފަރުވާ ހޯދާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އަންގާރަދުވަހު 60 އަހަރުން މަތީގެ ފަރާތްތަކަށް ކޮވިޑް-19 ވެކްސިން ދޭން ފަށާފައިވާއިރު މިއަދާއި މާދަމާވެސް އެ އުމުރުފުރާއަށް ވެކްސިން ދިނުންކުރިއަށްދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293