twitterviber whatsapp telegramfacebookyoutube instagram
26th July 2026

161 މިލިއަން ރުފިޔާ ލޯނު ދެއްކުމަށް ހަރަދުކޮށްފައިވޭ: ފިނޭންސް

ޚަދީޖާ އާދަމް
Feb 17, 2021

ސަރުކާރުގެ ލޯނުތައް އަދާކުރުމަށް މި އަހަރުގެ ފުރަތަމަ ދޮޅު މަހުގެ ތެރޭ 161 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފި އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން އެ މުއްދަތުގައި ދައުލަތުން ކުރި ޖުމްލަ ހަރަދު އުޅެނީ ދެ ބިލިއަން ރުފިޔާގަ އެވެ. ރިކަރަންޓަށް 1.5 ބިލިއަން ހޭދަކުރި އިރު ކެޕިޓަލް ހަރަދުތަކަށް 545.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

އަހަރުގެ ފުރަތަމަ ދޮޅު މަހުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 197 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ހިސާބުތައް ދައްކަ އެވެ. އެހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ވެސް 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި 1.9 ބިލިއަން އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 261 ބިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ 34 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 21 ބިލިއއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355