twitterviber whatsapp telegramfacebookyoutube instagram
14th June 2025

މިއަދު 7،818 މީހުން ވެކްސިން ޖަހާފައިވޭ: އެޗްޕީއޭ

Feb 18, 2021

މިއަދު މުޅި ރާއްޖެއިން 7،818 މީހުން ކޮވިޑް ވެކްސިން ޖަހައިފި އެވެ. މިމަހު އެއްވަނަ ދުވަހު ރާއްޖޭގައި ކޮވިށް ވެކްސިން ޖަހަން ފަށާފައިވާއިރު މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދަކީ 64،048 އެވެ.

އެޗްޕީއޭ އިން މިރޭ އަންމުކުރި ކޮވިޑް ވެކްސިން ހިސާބުތައް ދައްކާގޮތުން މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 5،998 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 1،829 މީހުންނެވެ.

މާލެ ސަރަހައްދުން މިހާތަނަށް 49،800އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައިވައިރު އަތޮޅު ތެރެއިން 14،00އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com