twitterviber whatsapp telegramfacebookyoutube instagram
22nd September 2026

24 ގަޑިއިރު ތެރޭ ކޮވިޑްގައި ދެ މަރު

Feb 20, 2021

ކޮވިޑް ޖެހިގެން އިތުރު ދެ މީހަކު މަރުވެއްޖެ އެވެ. ދެ މީހުންވެސް މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަރުވި ދެމީހުންގެ ތެރެއިން އެކަކަކީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކޮއްޔަ ހަސަން މަނިކެވެ. ދެން މަރުވެފައިވަނީ އުމުރުން 63 އަހަރުގެ އަންހެނެކެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްފީއޭ) އިން ބުނީ އަންހެން މީހާ މަރުވެފައިވަނީ ފަރުވާދެމުން ދަނިކޮށް ރޭ މެންދަމު 01:04 ގަ އެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާއިރު ކޮވިޑް ޖެހިގެން ރާއްޖޭގައި މީހުން މަރުވި އަދަދު މިވަނީ 60 އަށް އަރާފައެވެ.

މިވަގުތުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 168 މީހަކަށް ފަރުވާދެމުން ދާއިރު މިހާތަނަށް ރާއްޖޭން 18،340 މީހުންނަށް ވަނީ ކޮވިޑު ޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293