twitterviber whatsapp telegramfacebookyoutube instagram
15th September 2026

30 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ހުޅުވާލައިފި

Feb 21, 2021

އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް މިއަދުން ފެށިގެން ކޮވިޑް19 ވެކްސިން ލިބޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އުމުރުން 30 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް މިއަދުން ފެށިގެން ވެކްސިން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން 18 އަހަރާއި 30 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ވެސް ކުރިއަށް ދާނެކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން 70،009 މީހަކު ވަނީ ކޮވިޑް19ގެ ވެކްސިން ޖަހައިފަ އެވެ. ވެކްސިން ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 53،669 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 16،340 މީހުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293