twitterviber whatsapp telegramfacebookyoutube instagram
20th April 2021

ކޮވެކްސް އިން ރާއްޖެއަށް އެއްލައްކަ ސިރިންޖު ހަދިޔާކޮށްފި

ޚަދީޖާ އާދަމް
Feb 23, 2021

ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 100،000 ސިރިންޖު ހަދިޔާކޮށްފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިއަދު ބުނީ ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 100،000 ސިރިންޖު ހަދިޔާކޮށްފައިވާ ކަމަށާއި ނަމަވެސް އެ ފެސިލިޓީގެ ތެރެއިން މިހާތަނަށް އަދި އެއްވެސް ވެކްސިނެއް ލިބިފައިނުވާ ކަމަށެވެ.

ކޮވެކްސް ފެސިލިޓީގައި ރާއްޖޭން ބައިވެރިވެފައިވާއިރު ކޮވެކްސް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ އެވެ.

އެޗްއީއޯސީން ބުނީ ވެކްސިން ޕްރަގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށާ މިހާރު ހުރި 100،000 ޑޯޒް ހުސްވުމުގެ ކުރިން އިތުރު ވެކްސިން ލިބޭނެ ކަމަށެވެ. ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މި މަހު އެއްވަނަ ދުވަހުއެވެ. އެގޮތުން މިހާތަނަށް 80،000 މީހުން ވެކްސިން ޖަހާފައިވާއިރު މިހާރު ރާއްޖޭގައި ދެމުން ގެންދަނީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ.

އެގޮތުން މި ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުން ކަމަށް މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355