twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮވިޑް ޖެހިގެން އިތުުރު މީހަކު މަރުވެއްޖެ

ޚަދީޖާ އާދަމް
Feb 28, 2021

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު މީހަކު މަރުވެއްޖެ އެވެ. މިއަދު މަރުވެފައިވަނީ 62 އަހަރުގެ ފިިރިހެނެކެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 62 ވަނަ މީހާ އެވެ. އެޗްޕީއޭއިން ބުނީ އެމީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11 ގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހު 05:06 ހާއިރު އެވެ.

އިއްޔެވެސް ވަނީ މި ބަލީގައި ރާއްޖެއިން މީހަކު މަރުވެފަ އެވެ. އިއްޔެ މަރުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.

މާލޭގައި ކޮވިޑް ފެތުރޭ މިންވަރު އަނެއްކާވެސް އިތުރު ވެފައިވާއިރު އިއްޔެވެސް 118 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިމަހު އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ދެމުން ގެންދާއިރު މިހާތަނަށް އެއްލައްކައަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާކަން ފާހަގަކޮށްލެެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355