twitterviber whatsapp telegramfacebookyoutube instagram
12th May 2026

ވެކްސިން ޖެހި މީހުންގެ އަދަދު 105،492 އަރައިފި

ޚަދީޖާ އާދަމް
Feb 28, 2021
1

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު 105،492 އަރައިފި އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 72،872 މީހުން ވެކްސިން ޖަހާފައިވާއިރު، އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 32،620 މީހުންނެވެ.

އެޗްޕީއޭ އިން މިރޭ އަންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދާ ހަމައަށް ރާއްޖެއިން ޖުމްލަ 105،492 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އިއްޔެ ވެކްސިން ދީފައިވަނީ ޖުމްލަ 6،073 މީހުންނަށެވެ. އެއީ މާލެއިން 3،147 މީހުންނާއި އަތޮޅުތަކުން 2،926 މީހުންނަށެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355