twitterviber whatsapp telegramfacebookyoutube instagram
20th March 2026

ކުޅުދުއްފުށީގައި އުޅޭ 50 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Feb 28, 2021

ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް މިއަދު ހުޅުވާލައިފި އެވެ.

ކޭއާރުއެޗުން މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ވެކްސިން ޖެހުން ކުރިއަށްދާނީ މިއަދު ހަވީރު 15:00-17:00 އަށް އުފަން ހިޔާގައި ކަމަށެވެ.

ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު އައިޑީކާޑާއި ދާއިމީ ބައްޔަށް ބޭސްކުރާ މީހެއް ނަމަ ލިޔުންތައް ގެންދިނުމަށް ހޮސްޕިޓަލުން އެދިފައިވެ އެވެ.

ކުޅުދުއްފުށީގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މި ފެބްރުއަރީމަހު ފުރަތަމަ ދުވަހު އެވެ. ފުރަތަމަ ބުރުގައި ވެކްސިން ދިނީ 70 އަހަރުން މަތީގެ މީހުންނަށާއި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ބައެއް މުވައްޒަފުންނަށާއި ސިއްހީ ހިދުމަތްތެރިންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355