twitterviber whatsapp telegramfacebookyoutube instagram
26th September 2026

މިދިޔަ ހަފްތާ ސާމްޕަލްނެގި ނިސްބަތަށް ބަލާ ޕޮޒިޓިވްވެފައިވަނީ 3.2 ޕަސެންޓް މީހުން: އެޗްޕީއޭ

ޚަދީޖާ އާދަމް
Feb 28, 2021

މިދިޔަ ހަފުތާ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 3.2 ޕަސެންޓް މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އެގޮތުން ކޮވިޑަށް ޓެސްޓު ކުުރުމަށް ނެގި 30،665 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 985 މީހުން ކަމަށާއި 936 މީހަކު ބަލިން ރަނގަޅު ވެފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ކޮވިޑްގެ ތިން ވަނަ ރާޅާއެކު ކޮވިޑް ޖެހޭ މިންވަރު އިތުރުވެފައި ވީނަމަވެސް އޭގެ ކުރީގެ ހަފްތާއަށްވުރެ މިދިޔަ ހަފްތާ ޕޮޒިޓިވްވާ އަދަދު ނިސްބަތުން މަދު ކަމަށާއި މިދިޔަ ހޮނިހިރު ދުވަހު ކޮވިޑުގެ އެކްޓިވް ކޭސް ގެ އަދަދު 2،506 ގައި ހުރި އިރު ހަފުތާއެއް ފަހުން އެ އަދަދު 2،397 އަށް ތިރިވެފައި ވާކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ 170 މީހަކަށެވެ. މިހާތަނަށް ރާއްޖޭން 19,597 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން 62 މީހަކު ވަނީ މަރުވެފަ އެވެ. މި ހަފުތާގައި އެކަނި ވެސް 8 މީހަކު މި ބަލީގައި ވަނީ މަރުވެފައި ވާއިރު މި އަަހަރުގެ މިހާތަނަށް ވަނީ 10 މީހަކު މަރުވެފަ އެވެ.

ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ދެމުން ގެންދާއިރު މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ ލައްކައަށް ވުރެ ގިނަވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293