ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތަކުން ފަތުރަމުންދާ ގެންދަނީ އަސާސެއްނެތް ވާހަކަތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރާކަަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުް ކެނޑިނޭޅި ފަތުރަމުންދާ ވާހަކަތަކަކީ އަަސާސެއްނެތް ވާހަކަތަކެއް ކަމަށާއި، ކުންފުނީގެ މިހާރު މެނޭޖްމެންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ކާމިޔާބީތަކާ މެދު ހަސަދަވެރިވެރި ނިޔަތެއް އޮވެގެން ފަތުރަމުންދާ ވާހަކަތަކަކީ ފިނޑި އަމަލެއް ކަމަށެވެ.
ފެނަކައިން ބުނީ މިދިޔަ 2018 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި ކުންފުނީގެ މިހާރުގެ މެނޭޖްމެންޓާ ކުންފުނި ހަވާލުވުމަށްފަހު، އެކުންފުނިން ރައްޔިތުންނަށް ހިދުމަތްދިނުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ.
އަދި އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި މިހާރު ގާއިމުކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކުންފުންޏާއި ގުޅޭގޮތުން ފަތުރަމުންގެންދާ އަސާސެއްނެތް ވާހަކަތައް ދިރާސާ ކުރައްވާ ރައްޔިތުންނަށް ނޯޅޭނެހެން މައުލޫމާތުތައް އާންމުކުރަން ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްކަކަށްވެސް ފެނަކައިން ވަނީ އިލްމާސްކޮށްފައެވެ.