ކުޅުދުއްފުށީގައި އުޅޭ އުމުުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލި ތަކަށް ފަރުވާ ކުރާ ފަރާތްކަށް އަންނަ ހުކުުރު އަދި ހޮނިިހިރު ދުވަހު ވެކްސިން ދޭން ފަށާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (އޭއާރުއެޗް)އިން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ފަރާތްތަކަށް ވެކްސިން ދޭނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށާއި ހާއްސަކޮށް 50 އަހަރުން މައްޗާއި ދާއިމީ ބަލިތަކަށް ބޭސް ބޭނުން ކުރައްވާ ފަރާތްތައް ވީ އެންމެ އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ހުކުރު ދުވަހު ވެކްސިން ޖަހާނީ މެންދުރު ފަހު 14:00 ން ހަވީރު 17:00 ދެމެދުއެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 09:00 ން މެންދުރު ފަހު 14:00 ށެވެ.
ވެކްސިން ޖަހަން އަންނަ އިރު އައިޑީ ކާޑު އަދި ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތެއްނަމަ ލިއުންތައް ގެންދިއުމަށް އެ ހޮސްޕިޓަލުން އެދެއެވެ